-8402fff9.png)
ސައިފުﷲ އަލީ

ލަވަކިޔުންތެރިޔާ ޝަމްވީލް މުހައްމަދު (ބަރޯ) ގެ އާ ލަވައެއް ރިލީޒްކޮށްފިއެވެ.
މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނެއްގެ ރަނަރަޕް ބަރޯގެ މި ލަވަ އަޑުއަހާލަން ވަރަށް ހިތްގައިމެވެ.
ބަރޯގެ މި ލަވައިގެ ނަމަކީ ހިތް މަސްތުން ފޯވޭއެވެ. މި ލަވައިގެ ޅެން ހަދައިފައިވަނީ މޫސާ ނަދީމެވެ. އެ ލަވައިގެ އިތުރުން އަސްތައަސްތާގެ މިކްސްއަކާއެކުއެވެ.
ބަރޯ ބުނި ގޮތުގައި މި ލަވަ ނެރިފައި މި ވަނީ ޕާޓީ ލަވައެއްގެ ސްޓައިލަށެވެެ. އޭނާއާއެކު މި ލަވަ ކިޔައިފައިވަނީ އިބްނާއެވެ.
ލަވަ ކޮމްޕޯޒްކޮށްފައިވަނީ ޝާޒް ސައީދެވެ. އަދި އާޓްވޯކް ހަދައިފައިވަނީ ހުސައިން ސައީދެވެ.
މި ލަވަ މިހާރު ސައުންޑްކްލައުޑުން އަދި ޔޫޓިއުބުން އަޑު އަހާލެވޭނެއެވެ.