-8402fff9.png)

ކްލެސިކް ފިހާރަ —-
ރާއްޖޭގައި ޖިއޯޑާނޯ އަދި ޖީ2000 ގެ ހުއްދަ ލިބިފައިވާ ޑިސްޓްރިބިއުޓަރު، ކްލާސިކްއިން، މި ދެ ބްރޭންޑްގެ އައު ކަލެކްޝަނެއް ތައާރަފުކޮށްފިއެވެ.
މި ކަލެކްޝަންގައި އަންހެނުންނާއި ފިރިހެނުންގެ ފޯމަލް އަދި ކެޝުއަލް ހެދުމުގެ އައު ކުލަތަކާއި ޑިޒައިންތައް ހިމެނެއެވެ. ފިރިހެނުންގެ ޖީ2000 ކަލެކްޝަންގައި އައު މެޓީރިއަލްތަކުން ފަހާފައިވާ ފަޓުލޫނު، ގަމީސް، ޓީޝާޓު އަދި ޕޯލޯ ހިމެނެއެވެ.
ޖިއޯޑާނޯގެ ފިރިހެނުންގެ ކަލެކްޝަންގައި ގަމީސް، ޓީޝާޓު، ފަޓުލޫނު، އަދި ޕޯލޯގެ އިތުރުން ކްރޮސް ބޮޑީ ބޭގް، ބެކްޕެކް، ޝޯލްޑަރ ބޭގް، ކުޑަ އަދި ތޮފި ފަދަ އެކްސެސަރީޒްވެސް ހިމެނެއެވެ.
އަންހެނުންގެ ޖީ2000 ކަލެކްޝަންގައި ފޯމަލް ފަޓުލޫނާއި، ގަމީހާއި، ބްލައުސް ހިމެނޭއިރު، ކެޝުއަލް ފަޓުލޫނާއި ގަމީސް ވެސް ހިމެނެއެވެ.
މި ކަލެކްޝަންގެ ހެދުންތައް ފަހާފައިވަނީ 100% ކޮޓަން، ކޮޓަން މިކްސް، ކޮޓަން ބްލެންޑް، ލައިކްރާ، ސްޕެންޑެކްސް، މޯޑަލް، ރޭޔަން، ޕޮލިއެސްޓަރ، ޕޮލިކޫލް ފައިބަރ، ނައިލޯން، އަދި ލޭއޯސެލް ފަދަ މެޓީރިއަލްތަކުންނެވެ.
ގަމީސްތައް ހުންނާނީ ގޮޅިޖެހި، ރޮނގުދެމި އަދި ސާދާ އަދި ޓެކްސްޗާ ސްޓައިލްތަކުގައެވެ. ސްމާޓް ފިޓް، ސްލިމް ފިޓް އަދި ރެގިއުލާ ސައިޒުގެ ގަމީސް ވެސް ލިބެން ހުންނާނެއެވެ.
ފަޓުލޫނުތައް ހުންނާނީ ސާދާ އަދި ޓެކްސްޗާ ސްޓައިލްގައެވެ. ސްލިމް ފިޓް، އަލްޓްރާ ސްލިމް ފިޓް، އެކްސްޓްރާ ސްލިމް ފިޓް، ރެގިއުލަރ ފިޓް، ސްމާޓް ފިޓް، ކޮމްފޯޓް ފިޓް ސައިޒުތަކަށް ލިބެން ހުންނާނެއެވެ.
ކްލާސިކްގެ ފިހާރަ ހުންނަނީ އަމީރު އަހުމަދު މަގު، އެޗް. މިލޭނިއާ ޓަވަރުގައެވެ. ފިހާރައިގެ ވިޔަފާރި ހުޅުވާފައި ގަޑިތަކަކީ:
- ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް: ހެނދުނު 9:00 އިން ރޭ 11:00 އަށް
- ހުކުރު ދުވަސް: މެންދުރުފަހު 3:00 އިން ރޭ 11:00
ކްލެސިކްގެ ސޯޝަލް މީޑިއާ ޕްރޮފައިލްތައް؛