-8402fff9.png)
މުހައްމަދު އިޔާން

ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އީސާ ޝަރީފް -- ފޮޓޯ: މިހާރު ނޫސް
ރާއްޖޭގެ މަޝްރޫހު ޅެންވެރިޔާ އީސާ ޝަރީފް ކިޔަވައިދޭ ޅެން ކޯހެއް އަލިމަސް އެކެޑަމީން އިއުލާންކޮށްފިއެވެ.
އެ އެކެޑަމީން ބުނީ "އުންމީދުގެ އަލިކަން" މި ނަމުގައި ކުރިއަށް ގެންދާ މި ކޯހަކީ ޅެންހެދުމުގެ މަތީފެންވަރުގެ ހުނަރުތަކަށް އަހުލުވެރިކުރުމުގެ ކޯހެއް ކަމަށެވެ. އަދި މިއީ ޅެން ހެދުމުގެ ދަރަޖަ (2) ޅެންހެދުމުގެ އަސާސީ ފެންވަރުގެ ޕްރޮގްރާމެއް ފުރިހަމަކުރައްވައިފައިވާ ހަމަ ކޮންމެ ޅެންވެރިޔަކަށް ދިއްލުނު އައު އުންމީދީ ހުޅުކޮޅެއް ކަމަށް އެ އެކެޑަމީން ބުނެއެވެ.
މި ކޯހުގައި އަސާސީ ހުނަރުތައް ތާޒާކޮށްލުމާ އެކު މަތީ ފެންވަރުގެ ހުނަރުތަކަށް އަހުލުވެރިވެ މޮޅު ޅެންވެރިޔަކަށް ވުމުގެ ޚާއްޞަ ފުރުސަތެއް އޮންނާނެ ކަމަށް ވެސް އެ އެކެޑަމީން ވަނީ ބުނެފައެވެ.
ދިހަ ގަޑިއިރުގެ މި ކޯހުގައި ކިޔަވައިދޭނީ އޮންލައިންކޮށް ޒޫމް އެޕްލިކޭޝަނުގައި ކަމަށް ވެސް އަލިމަސް އެކެޑަމީން ބުނެއެވެެ. އަދި ކުލާސްތައް އޮންނާނީ އާދީއްތައާއި ހޯމަ ދުވަހުގެ ރޭ 9:00އިން 11:00އަށް ކަމަށާއި ކޯސް ފެށޭނީ އަންނަ ޖުލައި މަހުގެ 5ވަނަ ދުވަހުގެ ރޭގަނޑު ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖޫން މަހުގެ 30 ވަނަ ދުވަހެވެ. ބައިވެރިވުމަށް މި ފޯމު ފުރައިލައްވާށެވެ.