-8402fff9.png)

މަރްޔަމް މާޙީ

އަލަށް ނެރުމަށް ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު ޕަރީގެ ޕޯސްޓަރު ޑިޒައިން ކުރުމުގެ މުބާރާތެއް ހުޅުވާލައިފިއެވެ.
ޕަރީގެ ޓީމުން ބުނީ މިމުބާރާތަކީ އެންމެންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށާއި, މިމުބާރާތުން އެއްވަނަ އަށް ހޮވޭ ޕޯސްޓަރަކަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ޕަރީގެ ޓީމުން ބުނެއެވެ.
މިމުބާރާތް ކުރިއަށްދާނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން، އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ހުށަހަޅާ ޕޯސްޓަރު ތަކުގެ ތެރެއިން ޕަރީގެ ޓީމުން ޖަޖްކޮށްގެން ހޮވާ އެންމެ މޮޅު ފަސް ޕޯސްޓަރު، ޕަރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯސްޓްކޮށް ބެލުންތެރިންގެ ވޯޓަށް ހުޅުވާލާނެ ކަމަށާއި އެއްވަނައަށް އަންނަ ޕޯސްޓަރަކަށް ހޮވާނީ އެންމެ ގިނަ ލައިކްސް ލިބޭ ޕޯސްޓަރެއް ކަމަށް ޕަރީގެ ޓީމުން ބުނެއެވެ.
އަދި މިމުބާރާތާ ގުޅޭ ގަވައިދާއި, އިތުރު މައުލޫމާތު ޕަރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފެންނަން ހުންނާނެ ކަމަށް ވެސް އެ ޓީމުން ބުންޏެވެ.
މި މުބާރާތުން އެއްވަނައަށް އަންނަ ޕޯސްޓަރު އިއުލާން ކުރުމާއި އިނާމް ދިނުން އޮންނާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު، ޕަރީ ފިލްމުގެ ރަސްމީ ޓްރެއިލް ލޯންޗް ކުރާ ހަފްލާގައެވެ.

2 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން
-f786fd4b.webp)
11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން
ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން