-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މެދުއިރުމަތީގެ ޙާލަތު ގޯސްވެ، ފްލައިޓްތައް މެދުކެނޑުމުގެ ސަބަބުން ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކުގައި ތާށިވެފައިވާ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އަށް ނިސްބަތްވާ ގައުމުތަކުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ މީހުން ބެލެހެއްޓުމުގެ މަސައްކަތް ސައުދީ ސަރުކާރުން ފަށައިފިއެވެ.
މި ނިންމުމަކީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް، ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދު ނެރުއްވި އަމުރުފުޅަކާ ގުޅިގެން ނިންމެވި ނިންމެވުމެކެވެ.
މި އަމުރުގެ ދަށުން، ދަތުރުފަތުރުގެ ދަތިތަކާ ހުރެ ގައުމަށް ނުދެވިފައިވާ ޖީސީސީގެ ރައްޔިތުންނަށް ބޭނުންވާ ހުރުމާއި، ކާބޯތަކެތީގެ އިތުރުން އެހެނިހެން ޒަރޫރީ ހިދުމަތްތައް ސައުދީ ސަރުކާރުން ފޯރުކޮށްދޭނެއެވެ. އަދި އެ މީހުން އެނބުރާ ގައުމަށް ދެވެންދެން، އެ މީހުންގެ ރައްކާތެރިކަމާއި އަރާމުކަން ކަށަވަރުކުރުމަށް ސައުދީގެ ކަމާބެހޭ އިދާރާތަކަށް ވަނީ އަންގާފައެވެ.
ސައުދީގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ރަސްގެފާނުގެ މި އަމުރުފުޅު ވަގުތުން ތަންފީޒުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކަށް މިހާރު ވަނީ އަންގާފައެވެ. މިއީ ގަލްފުގެ އަވަށްޓެރި ގައުމުތަކުގެ ރައްޔިތުންނަށް ދިމާވާ މިފަދަ ދަތި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ގާތްގަނޑަކަށް 1 މަސް ކުރިން
-230bf2e2.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

6 މަސް ކުރިން
-6fcd09e3.jpeg)
7 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން