-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އީރާނުން އިއްޔެ އިޒްރޭލުގެ ތެލް އަވީވަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އެ ސިޓީގެ މަދުވެގެން 40 އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިޒްރޭލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ތެލް އަވީވް މުނިސިޕަލިޓީއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކާ ގުޅިގެން އެ ސިޓީގެ 200 އަށްވުރެ ގިނަ ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. މި މީހުން މިހާރު ވަގުތީ ގޮތުން ބައިތިއްބާފައިވަނީ ސިޓީގެ ތިން ހޮޓަލެއްގައެވެ.
މި ހަމަލާތަކަކީ ފަހުގެ ތާރީޚެއްގައި އީރާނުން ސީދާ އިޒްރޭލަށް އަމާޒުކޮށް ދިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ. ލިބުނު ގެއްލުންތަކުގެ ތަފްސީލު ހާމަކުރަމުން މުނިސިޕަލިޓީން ބުނީ، ގިނަ އިމާރާތްތަކަކަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހަމަލާގައި ލިބުނު ގެއްލުންތައް އިތުރަށް ވަޒަންކުރަމުންނެވެ. އަދި ގެދޮރު ގެއްލުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

6 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން