-8402fff9.png)

އަޙްމަދު ޝާބިން

ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ޖަލުތަކުން 450 މީހުން ގައިދު ކުރެވޭނެ ޖާގަ ދުއްވާލާފަވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވިގޮތުގައި އެކި އެކި ސަބަބުތަކާއި ހުރެ ޖުމްލަ 450 ގައިދީން ގައިދު ކުރެވޭނެ ޖާގަ ވަނީ ނަގާލެވިފަކަމަށެވެ. މިގޮތުން ރާއްޖޭގައި އޭރު ހުރި އެންމެ ފެންވަރު ރަނގަޅު އެއްޖަލު އިންވެގެން ސްކޫލެއް ވަނީ އަޅާފައެވެ. ސްކޫލެއް ޖަލެއް އިންވެގެން ހުރުން އެންމެ ރައްކާތެރިކަމަށް ނުވާނެތީ އެޖަލު ވަނީ ބޭނުންކުރުން ހުއްޓާލާފައެވެ.
އަދި އިންތިހާބާއި ދިމާކޮށް މިޖަލުގައި ތިބި ގައިދީން މިނިވަންކޮށްފައިވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިކަން ހައްލުކުރުމަށް މިދިޔަ ދެއަހަރު ދުވަސްތެރޭގައި ވަނީ 400 ޖާގަ، ޖަލަށް އިތުރުކުރެވިފައެވެ. މީގެ އިތުތުން މިދިޔަ 4 މަސް ތެރޭގައި 100 މީހުންގެ ޖާގަ އެންމެ ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެންވަނީ އިތުރުކޮށްފައެވެ.
އަދި ފާއިތުވި ސަރުކާރުން 100 މީހުންގެ ޖާގައިގެ ގޮޅިބަރިއެއް ހެދުމަށްވެސް 39 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާ ކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.
ކަރެކްޝަނަލް ސާވިސްގެ ގިނަ ހިދުމަތްތައް މިހާރު އެއްތަނަކުން، ހުޅުމާލޭގައި ހުންނަ ފްރޮންޓް އޮފީހުން ލިބެންހުންނާނެކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
އަދި ހިދުމަތްތައް ޑިޖިޓިލައިޒް ކުރުމުގެ ގޮތުން މައިއެމްސީއެސް ޕޯޓަލް މެދުވެރިކޮށް ގިނަ ހިދުމަތްތަކެއް ލިބެން ހުންނާނެ ވާހަކަވެސް ވިދާޅުވެފައިވެއެވެ.

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން