-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އިސްލާމީ އުންމަތުގެ މެދުގައި އޮތް ސުންނީ އަދި ޝީޢީ ބައިބައިވުންތަކަށް ނިމުން ގެނެސް، މުސްލިމުން އެކަތިގަނޑަކަށް ވުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ގޮވާލައްވައިފިއެވެ.
ބުދަ ދުވަހު އަންކާރާގައި އޮތް ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭ ޕާޓީ) ގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ، އީރާނާ ގުޅިފައިވާ މިހާރުގެ ހަނގުރާމައިގެ މާހައުލުގައި މަޛްހަބީ ތަފާތުކުރުންތަކަށް ޖާގައެއް ނެތް ކަމަށެވެ.
އުރުދުޣާންގެ ވާހަކަފުޅުގައި އިސްލާމްދީނަކީ އެއް ދީނެއްކަން ފާހަގަކުރައްވައި، މަޛްހަބުތަކުގެ ސަބަބުން ދީން ބައިބައިވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
"ސުންނީ ނުވަތަ ޝީޢީގެ ނަމުގައި ވަކި ދީނެއް ނެތް، ހުރިހާ މުސްލިމުންނަކީވެސް އިސްލާމްދީނުގެ އަހުލުވެރިން،" އޭނާ ވިދާޅުވިއެވެ.
އެކަމަށް ބާރުދެއްވަމުން އޭނާ ވަނީ އަލީގެފާނު، އުމަރުގެފާނު، އުޘްމާނުގެފާނު، ޙަސަނުގެފާނު، ޙުސައިނުގެފާނު، ޢާއިޝަތުގެފާނު އަދި ޒައިނަބުގެފާނު ފަދަ އިސްލާމީ މަތިވެރި ޝަޚްޞިއްޔަތުތަކަކީ ހުރިހާ މުސްލިމުންގެ އިޙްތިރާމް ލިބިގެންވާ، ބައިބައިވުމުގެ ރަމްޒުތަކެއްގެ ބަދަލުގައި އެންމެން ހިއްސާވާ ޝަޚްޞިއްޔަތުތަކެއް ކަމުގައި މުޅި އުންމަތް ދެކުމަށް އެދިވަޑައިގަންނަވައިފައެވެ.
އުރުދުޣާން ތުހުމަތު ކުރެއްވި ގޮތުގައި ބޭރުގެ ބާރުތަކުން ދަނީ މަޛްހަބީ ތަފާތުތައް ބޭނުންކޮށްގެން މުސްލިމުންގެ މެދުގައި ފިތުނަ އުފައްދަން މަސައްކަތް ކުރަމުންނެވެ.
އެގޮތުން ވަކިން ހާއްސަކޮށް، އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އިތުރުން، ސުންނީންނާއި ޝީޢީން އެކަކު އަނެކަކާ ދެކޮޅުވެރިކޮށް، ދެވަނަ ފްރަންޓެއް ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
އަދި ތުރުކީވިލާތް އެ ދަންތުރައިގައި ނުޖެހޭނެ ކަމަށާއި، ދީނީ ތަފާތުތައް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަށް ފުރުސަތު ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއީ އިސްލާމީ ދުނިޔެއަށް ނާޒުކު ވަގުތެއްކަން ފާހަގަކުރައްވައި، އުރުދުޣާން ވަނީ މަޑުމައިތިރިކަމާއި، އެއްބައިވަންތަކަމާއި، ޒިންމާދާރުކަން އިސްކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

6 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން