-8402fff9.png)
މިރާޝް މޫސާ

މިހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި އީރާނުން ބައިވެރިނުވާނެކަން އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.
އީރާނުން މި ނިންމުން ނިންމާފައިވަނީ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކުގެ ސަބަބުންނެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަށް އީރާނުން މިހާރުވެސް އޮތީ ކޮލިފައިވެފައެވެ. ނަމަވެސް، އީރާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެމެރިކާ އާއި އިޒްރޭލާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަމާއި ސަލާމަތީ ސަބަބުތަކަށްޓަކައި މިވަގުތު މުބާރާތުގައި ބައިވެރިވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
އީރާނުގެ ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ، މިހާރު އޮތް މަސްރަހަށް ބަލާއިރު ޓީމުގެ ރައްކާތެރިކަން ކަށަވަރުކޮށްދެވެން ނެތް ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރުމަށް އެކަށީގެންވާ މާހައުލެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީރާނުން މުބާރާތުން ވަކިވުމާ ގުޅިގެން ގްރޫޕް ސްޓޭޖުގެ ތަރުތީބަށް ވަނީ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އީރާނަކީ ކޮލިފައިވެ، ގްރޫޕް ސްޓޭޖުން ޖާގަ ކަށަވަރުކޮށްފައިވާ ޓީމަކަށް ވުމުން، މި ނިންމުމުގެ ސަބަބުން މުބާރާތުގެ އިންތިޒާމުތަކަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން މިކަމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް، އީރާނުގެ ބަދަލުގައި އެހެން ޓީމަކަށް ފުރުސަތު ދިނުމާ މެދު ނުވަތަ ކޮލިފައިވުމަށްފަހު މުބާރާތުން ވަކިވުމުން އީރާނާ މެދު ފިޔަވަޅު އެޅުމާ މެދު ފީފާއިން މަޝްވަރާ ކުރާނެ ކަމަށް ބެލެވެއެވެ.

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން
-9244604b.jpeg)
8 މަސް ކުރިން