-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ޑަބްލިއުޑީސީގެ ރައީސާކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާޝިއަތު އަލައިކާ ވޯޓު ދެއްވަނީ -- ނުކުތާ ފޮޓޯ: އިބްރާހިމް ނާއިޝް
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާޝިއަތު އަލައިކާ އަދުނާނު ވެސް ވޯޓުލައްވައިފިއެވެ.
މިއަދު ކުރިޔަށްދަނީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ވޯޓެވެ.
މި އިންތިހާބުގައި އަލައިކާ އާއެކު، ޕީއެންސީގެ ފަރާތުން މޭޔަރުކަމަށް ނުކުންނަވާ މޫސާ އަލީ ޖަލީލު ވެސް ވަނީ ވަރަށް ހެނދުނާ ވޯޓު ލައްވާފައެވެ.
މި އިންތިޚާބުގައި މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ވޯޓުލައްވާފައެވެ. ރައީސް ވޯޓުލެއްވުމަށްފަހު ވަނީ ވީހާވެސް ގިނަ ރައްޔިތުން ނުކުމެ ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިލްތިމާސް ކުރައްވާފައެވެ.