-8402fff9.png)
ފާތިމަތު މިޝްކާ
ގަލޮޅު ފުޓްސަލް ދަނޑު ތަރައްގީކޮށް އަދި ތ. ތިމަރަފުށީ ރެކްރިއޭޝަން ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފި އެވެ.
މާލެ ގަލޮޅު ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އަދި ތިމަރަފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ މަރާމާތު ކުރުމުގެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އާރްޑީސީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.
މި އެއްބަސްވުމުގެ ދަށުން ގަލޮޅު ފުޓްސަލް ދަނޑުގެ މަސައްކަތް ފަށާތާ 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މިއީ އެއްމިލިއަން ފަސްލައްކަ އެކާވީސްހާސް ދުއިސައްތަ އަށްޑިހަ ތިން ރުފިޔާ ފަސްދޮޅަސް ލާރީގެ މަޝްރޫއެކެވެ. ގަލޮޅު ފުޓްސަލް ދަނޑު ތަރައްޤީ ކުރުމަށް ނިންމާފައިވަނީ، ގާކޮށި ފްލެޓާއި އިންވެގެން އޮންނަ ހުސްބިމުގައެވެ.
ތިމަރަފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ މަރާމާތު ކުރުމުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.