-8402fff9.png)
ސައިފުﷲ އަލީ

ސުޕަބްރޭންޑްސް މޯލްޑިވްސް ކައުންސިލުން 2027 ވަނަ އަހަރަށް 53 ބްރޭންޑް ކެޓަގަރީ ކަނޑައަޅައި، އެ ކެޓަގަރީތަކުގެ ދަށުން 350 އަށްވުރެ ގިނަ ބްރޭންޑް އިވެލުއޭޓް ކުރުމުގެ މުހިންމު މަރުހަލާއެއް ފުރިހަމަކޮށްފިއެވެ.
ރާއްޖޭގެ ފާހަގަކޮށްލެވޭ ބްރޭންޑްތައް ދެނެގަނެ، އެ ބްރޭންޑްތަކުގެ އަގުވަޒަންކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ތަފާތު އެކި ސިނާއަތްތަކަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތެކެވެ. މިއީ ދިވެހި މާކެޓުގައި ހުރި ބްރޭންޑްތައް އަގުވަޒަންކުރުމުގައި ހަރުދަނާ އަދި އިންސާފުވެރި ނިޒާމެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ކެޓަގަރީތަކަކީ ކުރިއަށް އޮތް އިވެލުއޭޝަން މަރުހަލާގެ އަމާޒު އަސާސް ކަމަށް ސުޕަރބްރޭންޑްސް މޯލްޑިވްސްއިން ބުނެއެވެ. މި ހަފްލާ 6 ސެޕްޓެމްބަރު 2026 ގައި ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ޚާރިޖީ ދާއިރާގެ ޚިދުމަތްތެރިޔާ އަލީ ޙުސައިން ދީދީއެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއްގެ އިރުޝާދުގެ ދަށުންނެވެ. މި ކައުންސިލުން ބްރޭންޑްތައް އިވެލުއޭޓްކޮށް ހޮވުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ.
ކަނޑައެޅިފައިވާ 53 ކެޓަގަރީއަށް ބަލައި ބްރޭންޑްތައް އަގުވަޒަންކުރުމަށްފަހު، ހޮވޭ ބްރޭންޑްތަކަށް ޕްރޮގްރާމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން "ސުޕަރބްރޭންޑްސް" ގެ ދަރަޖަ ހާސިލުކުރުމުގެ ފުރުސަތު ދެވޭނެއެވެ. ސުޕަރބްރޭންޑްސް މޯލްޑިވްސް ކައުންސިލްގެ ޗެއާމަނަކީ ޑރ. އަބްދުއްﷲ މައުސޫމެވެ.