-8402fff9.png)
އައިޝަތު ހިދާޔާ

ރާއްޖެ އެތެރެކުރަން އުޅުނު 1030 ގްރާމުގެ ޕާޓީ ޑްރަގްސް ކަސްޓަމުން އަތުލައިގެންފިއެވެ.
ކަސްޓަމުން ބުނީ, މި ތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 31ވަނަ ދުވަހު ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަސެވެ. މިއީ ކުރިއާ މެދުވެރިކޮށް އެތެރެކުރަން އުޅުނު ތަކެތި ކަމަށް ކަސްޓަމުން ބުންޏެވެ.
ކަސްޓަމުން ބުނީ, މިތަކެތި އަތުލައިގަނެވުނީ ކޫރިއާ މެދުވެރިކޮށް ރާއްޖެގެނައި ޕެކޭޖެއް ބަލައިފާސްކުރިއިރު, އޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކު ކުރެވިގެން އިތުރަށް ބަލައިފާސްކުރުމުގެ ތެރެއިންކަމަށެވެ.
މިއީ ސިންތެޓިކް ކެތިނޯން ނުވަތަ ޕާޓީ ޑްރަގްސް ކަމަސް ކަސްޓަމުން ބުންޏެވެ.
ކަސްޓަމުން ވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް އެތެރެކުރަން އުޅުނު ޕާޓީ ޑްރަގްސް ވެސް އަތުލައިގެންފައެވެ. އެއީ, 2123 ގްރާމުގެ ތަކެއްޗެވެ.

1 ދުވަސް ކުރިން

2 ދުވަސް ކުރިން

3 ދުވަސް ކުރިން

19 ދުވަސް ކުރިން

24 ދުވަސް ކުރިން

25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން