-8402fff9.png)
އައިޝަތު ހިދާޔާ

ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަކްސް ގްލޯގެ ދެވަނަ ފިހާރަ މިދިޔަ އަންގާރަ ދުވަހު ހުޅުވައިފިއެވެ.
މި ފިހާރަ ހުންނަނީ މ. ކެލާގޭގައެވެ.
ލަކްސް ގްލޯ ފިހާރައިން މިހާރު ދިވެހީންގެ މެދުގައި އެންމެ މަގުބޫލު ބްރޭންޑް ތަކުގެ ސެންޓާއި, ކޮރެއަން ސްކިންކެއާ ބްރޭންޑުތަކުގެ އުފެއްދުންތައް އަދި ހެއާ ކެއާއަށް ބޭނުންވާ އެންމެ ފަހުގެ ސާމާނު ވެސް ލިބޭނެއެވެ. ދިވެހީންގެ މެދުގައި އާންމުކޮށް ގަންނަން ނުލިބޭ ބްރޭންޑުތަކުގެ ގިނަ އުފެއްދުންތައް މި ފިހާރައިން ލިބެން ހުރެއެވެ
.
މާލޭގައި ދިރިނޫޅޭ މީހުންނަށް ވެސް މި ފިހާރައިގެ ވެބްސައިޓް މެދުވެރިކޮށް ވިޔަފާރި ކުރެވޭނެއެވެ. ލަކްސްގްލޯ ފިހާރައިގެ ވެބްސައިޓާއި އިންސްޓަގްރާމް ނުވަތަ ފޭސްބުކް މެދުވެރިކޮށް ވިޔަފާރިކުުރުމުން ދޯންޏަށް އަދި ރިސޯޓުތަކަށް ޑެލިވާކޮށްދޭނެއެވެ.
ލަކްސް ގްލޯގެ ވެބްސައިޓުން ވިޔަފާރިކުރުމުން ކަސްޓަމަރުންނަށް ޕޮއިންޓު ލިބޭނެ ނިޒާމެއް ވެސް މި ފިހާރައިން މިހާރު ވަނީ ތައާރަފު ކޮށްފައެވެ. މި ޕޮއިންޓު ބޭނުންކޮށްގެން ކުރާ ކޮންމެ ވިޔަފާރިއަކުން ވަކި އަދަދެއްގެ ޑިސްކައުންޓެއް ލިބޭނެއެވެ.