-8402fff9.png)

ޢާލިމް އަބްދުއްލަތީފް
2023 ވަނަ އަހަރުގެ އެންމެ އުންމިދީ ނޫސްވެރިޔާ, ނުކުތާގެ ސީއޯއޯ ޔަމީން --
މޯލްޑިވްސް މީޑިއާ ކައުންސިލްއިން ދޭ ނޫސްވެރިކަމުގެ އިނާމުގައި 2023 ވަނަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ މަގާމު ނުކުތާގެ މުހައްމަދު ޔަމީންއަށް ލިބިއްޖެއެވެ.
މިރޭ ހުޅުމާލޭ އުމަރު ޒާހިރު ބިލްޑިންގައި ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގައި އެކި ދާއިރާތަކުން ވަނީ ނޫސްވެރިންނަށް އިނާމު ދީފައެވެ.
ޔަމީންއަށް އުންމީދީ ނޫސްވެރިޔާގެ އެވޯޑް ލިބުނުއިރު, އޭނާއަކީ 2022 ވަނަ އަހަރު ސަން އޮންލައިން އިން ނޫސްވެރިކަން ފެށި ޒުވާން ނޫސްވެރިއެކެވެ. އުމުރުން 23 އަހަރުގައި ޔަމީން އުންމީދީ ނޫސްވެރިޔާގެ އެވޯޑް ހޯދި އިރު, އޭނާ އެންމެ ފުރަތަމަ ލިޔަން ފެށީ ވިޔަފާރީގެ ދާއިރާގެ ލިޔުންތަކެވެ. އޭނާގެ ގަލަން ފަހުން ވަނީ އިޖުތިމާއީ ދާއިރާއާއި ސިޔާސީ ދާއިރާގައި ވެސް ހިންގައިފައެވެ.
ޔަމީންއަކީ ނުކުތާ އުފެއްދުމުގައި އެންމެ ބުރަ މަސައްކަތެއް ކުރި އެކެކެވެ. އޭނާއަކީ ނުކުތާގެ ކޯ ފައުންޑަރެކެވެ. ނުކުތާގެ ނިއުސްރޫމްގެ ބޮޑު ޒިންމާ ކޮނޑު އަޅައިގެން މިއަދާ ހަމައަށް ޔަމީން ކޮށްފައިވާ މަސައްކަތަކީ ފާހަގަކޮށްލެވޭފަދަ ކާމިޔާބު ފުރިހަމަ މަސައްކަތެކެވެ. މުޅި ނުކުތާ ޓީމުގެ ފަރާތުން ޔަމީންއަށް މަރުހަބާ ކިޔަމެވެ.
އެންމެ މޮޅު ނޫސްވެރިޔާ އެވޯޑް ލިބުނީ "މިހާރު" ނޫހުގެ ފާތިމަތު ޝަނާ މުހައްމަދަށެވެ.
ސިޔާސީ ދާއިރާ: ހަސަން މުހައްމަދު/ އަދަދު
ގާނޫނީ ދާއިރާ: ނިއުމަތުﷲ އިދުރީސް/ މިހާރު
ވިޔަފާރިއާ އިގުތިސޯދު: ފާތިމަތު ޝަނާ މުހައްމަދު/ މިހާރު
ކުޅިވަރު ދާއިރާ: އައްޒާމް އަލިފުޅު/ އަދަދު
ތާރީހާއި ސަގާފަތު: މުހައްމަދު ހަމްދޫން/ މިހާރު
މުނިފޫހިފިލުވުމާއި ފަންނުވެރިކަން: ސައިފުﷲ އަހުމަދު/ ވަގުތު
ގްރެފިކްސް އަދި އިލެސްޓްރޭޝަން: މުހައްމަދު ނަބްހާން އިބްރާހިމް ދީދީ/ މެދުސަފުހާ، މިހާރު
ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ: ޝަހުދާ މުހައްމަދު/ ދައުރު
ފީޗާ ރިޕޯޓު: މުޒައްޔިން ނާޒިމް/ ދައުރު
ވީޑިއޯ ޑޮކިއުމެންޓްރީ: ކަނދޮޅުދޫގެ ފަނޑުނުވި ހަނދާން/ އަދަދު
ތަހުގީގީ ނޫސްވެރިކަން: އަހުމަދު ނާއިފް/ ދައުރު
ތަހުގީގީ ނޫސްވެރިކަން އޯޑިއޯ/ވީޑިއޯ: އަހުމަދު އާއިދް/ އަދަދު
އަހަރުގެ އެންމެ މޮޅު ކަވަރޭޖް: މިހާރުގެ މެދުސަފުހާ/ ދިވެހި ފުޓުބޯޅައިން ވައި ހިނދި، ފައިސާ ގަދަވުން
އެ ހަފްލާގައި ދިގު މުއްދަތަކަށް ނޫސްވެރިކަން ކޮށްފައިވާ މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ވެސް އެވޯޑް ދީފައިވެ އެވެ. "ހަޔާތީ އަރުތަ" ގެ ނަމުގައި އެ އެވޯޑް ދީފައި ވަނީ "ދައުރު"ގެ އެޑިޓަރު މޫސާ ލަތީފު އަދި "އާފަތިސް" ނޫހުގެ ކުރީގެ އެޑިޓަރު އަހުމަދު ޒާހިރު (ފެއަރީ ޒާހިރު) އެވެ. އޭގެ އިތުރުން ނޫސްވެރިން ބިނާކުރުމުގެ ކެޓަގަރީން ޝަމްއާން ޝާކިރު އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އަށް އެވޯޑު ދީފައިވެ އެވެ.

6 މަސް ކުރިން

6 މަސް ކުރިން
6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން