-8402fff9.png)

ގދ. ކަޑެވާރެހާ، އެ އަތޮޅު ހޯނޑެއްދޫގެ އިހްތިސާސުން ވަކިކޮށް، ގދ. ހޯނޑެއްދޫގެ އިހްތިސާސަށް ބަދަލުގެނައުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ނިންމެވުމުގެ މަގްސަދަކީ ރައީސްގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އިންޓަގްރޭޓަޑް ޓޫރިޒަމަށް ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްޤީކުރުން ކަމަށެވެ.
މި ނިންމެވުން ނިންމެވީ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސްް ކަނޑައެޅުމަށް ރައީސާ މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެ މަނިކުފާނު މިއަދު ނެރުއްވި ގަރާރަކުންނެވެ.
ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިހްތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު، މިއީ އަތޮޅުތަކުގައި ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ނިންމެވި މުހިންމު ނިންމެވުމެކެވެ.