-8402fff9.png)

މަރްޔަމް މަޢާޝާ އިލްޔާސް

ގދ. ހޯނޑެއްދޫގެ އިހުތިސޯސްގެ ތެރޭ އޮންނަ ފަޅުރަށެއް ކަމުގައިވާ ކަންނިގިއްލާ ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރަން ހުޅުވާލާފައެވެ.
ހޯނޑެއްދޫ ކައުންސިލުން ކުރި އިއުލާނުގައި އެރަށް ނެގުމުގެ ފުރުސަތު ރާއްޖެއާއި، ރާއްޖޭން ބޭރުގެ ކުންފުނިތަކަށާއި، އަމިއްލަ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
ބޮޑުމިނުގައި 430،000 އަކަފޫޓުހުންނަ ކަންނިގިއްލާގައި ދަނޑުވެރިކަމާއި، ދޫނި ގެންގުޅުން އަދި މެރިކަލްޗާ ފަދަ މަސައްކަތް ވެސް ކުރެވޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ބިން ހޯދުމަށް ބިޑު ހުށައެޅުމުގެ ސުނަގަޑި އަކީ މި އަންނަ މަހުގެ 21 ވަނަ ދުވަހުގެ ކުރިއެވެ. މައުލޫމާތު ސެޝަންގައި ބައިވެރިވުމަށް އަންނަ މަހުގެ ހައެއްގެ ކުރިން ރެޖިސްޓާ ވާން ޖެހެއެވެ.
ހޯނޑެއްދުއާއި، މަޑަވެއްޔާ ދެމެދު އެއް ފަޅެއްގައި އޮންނަ ކަނިގިއްލާގައި ރިސޯޓު ހެދުމަށް ވެސް މީގެ ކުރިން ދޫކުރުމަށް މަސައްކަތްކޮށްފައިވެއެވެ.

4 ދުވަސް ކުރިން
-94216566.jpeg)
3 މަސް ކުރިން

10 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން