-8402fff9.png)
މިރާޝް މޫސާ

ރާއްޖޭގެ ތައުލީމީ ދާއިރާއަށް އޮތް އެންމެ ބޮޑު ދައްޗަކީ ބޭނުންވާ ވަރަށް ޓީޗަރުން ނުލިބުން ކަަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޖީސީއީ އޯލެވެލްގެ ގަދަ10 އަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޕްރައިމަރީ ގްރޭޑްތަކަށް އެކަނި ވެސް 200 ޓީޗަރުން ބޭނުންވާ ކަމަށާއި ތައުލީމީ ދާއިރާގެ ކުރިއެރުމަށް އޮތް ގޮންޖެހުމަކީ ބޭނުންވާ ދާއިރާތަކުން ޓީޗަރުން ހަމަނުވުން ކަމަށެވެ.
"ޕްރައިމަރީ ގްރޭޑްތަކަށް ބަލާއިރު، އަދިވެސް 200 ޓީޗަރުން ބޭނުންވޭ އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން 600 ޓީޗަރުން ބޭނުންވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އޯލެވެލް އާއި އޭލެވެލް ކިޔަވާ ނިންމާ ދަރިވަރުން ޓީޗަރު ކަމުގެ ކޯސް ހަދައި ތައުލީމީ ދާއިރާއާ ގުޅުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ނަތީޖާ ރަނގަޅުކޮށް ދަރިވަރުންނަށް ދޭ ތައުލީމުގެ ފެންވަރު މަތިކުރަން މިނިސްޓްރީގެ ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަންނަ އަހަރުގެ ތެރޭގައި އެ ބަދަލު ފެންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ކިޔަވައިދޭ ސެން ޓީޗަރުން ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ސެން ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިއަހަރު ފަށާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް މިދިޔަ އަހަރު ފަށާފައިވާ ކަމަށާއި މިއަހަރު ވެސް އިތުރު ޕްރޮގްރާމްތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން
-74c35f99.jpg)
5 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން