-8402fff9.png)

ހޭވައްލާ "ކީއްވެހޭ؟" މެޝަޕް
އާންމުންގެ ބޮޑު ތާއީދަކާއެކު، "ފޭން ފެވަރިޓް" ބޮޑުބެރު ގުރޫޕުގެ ގޮތުގައި މަޝްހޫރުވެފައިވާ "ހޭވައްލާ" ގުރޫޕުުން ވަރަށް ޚާއްސަ ލަވަ މެޝަޕެއް ރިލީޒްކޮށްފިއެވެ.
"ކީއްވެހޭ؟"ގެ ނަމުގައި އެ ގުރޫޕުން ނެރުނު މެޝަޕް މިއަދު ރިލީޒްކުރި އިރު، ޔޫޓިއުބްގައި މިހާތަނަށް އެ ލަވައަށް ވަނީ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ދިވެހިންގެ ތެރޭގައި މަގުބޫލު ގިނަ ލަވަތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި މެޝަޕްގައި ގިނަ ވޯކަލިސްޓުންތަކެއްގެ ހުނަރު ފެނެއެވެ. އެގޮތުން، ލަވަތައް ކިޔާފައިވަނީ ނާއިލް، ސާއިން، ޝާދިން، ޝާމް އަދި ޔާމްބެ އެވެ. ލަވަކިޔުންތެރިންގެ އިތުރުން މި ލަވައިން ފެންނަނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ފަންނާނެއް ކަމަށްވާ އައިޝާއެވެ.
މި ލަވައިގެ މިއުޒިކް ހަދާފައިވަނީ ހޭވައްލާ ސްޓޫޑިއޯގައެވެ. ސިނެމަޓޮގްރަފީގެ މަސައްކަތްކޮށްފައިވަނީ ލައިޓްސް އައުޓް ސްޓޫޑިއޯއިންނެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރީ ކްރިއޭޓިވް ނެޓްވޯކުންނެވެ. ލަވަ ޑައިރެކްޓްކޮށްފައިވަނީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ޑައިރެކްޓަރު އަޒްހާނެވެ. އާޓް ޑިރެކްޓަރަކީ އަހްމަދު ޝާރިފްއެވެ.
ހޭވައްލާއަކީ ބީސީސީން އިންތިޒާމުކޮށްގެން މިއަހަރު ބޭއްވި ބޮޑުބެރު މުބާރާތުގައި އާންމުންގެ އެންމެ ބޮޑު ތާއީދަކާއެކު، ފޭން ފެވަރިޓް ކަމަށް ހޮވުނު ގުރޫޕެވެ. އެ ގުރޫޕުން ވަނީ އެ މުބާރާތުގެ ރަނަރަޕްކަން ވެސް ހާސިލްކޮށްފައެވެ.

22 ދުވަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން
ގާތްގަނޑަކަށް 1 އަހަރު ކުރިން