-8402fff9.png)
އައިޝަތު ހިދާޔާ

އައިސް ޓީވީން ދިވެހި ފަންނާނުންގެ ޝައުގުވެރި އިންޓަވިއުތައް ގެނެސްދޭ ޕްރޮގްރާމް "މަ"ގެ ހަތަރު ވަނަ ސީޒަން ފަށަން ތައްޔާރު ވެއްޖެއެވެ.
މި ޕްރޮގްރާމަކީ މަޝްހޫރު ފަރާތްތަކުގެ ޕްރޮފެޝަނަލް ކާމިޔާބީތަކުގެ އިތުރުން، އެމީހުންގެ ދިރިއުޅުމާއި، ޢާއިލީ ގުޅުންތަކާއި ކުރިމަތިވި ތަފާތު ތަޖުރިބާތަކުގެ އަސްލު ވާހަކަތައް ބެލުންތެރިންނަށް ގެނެސްދިނުމަށް ތައްޔާރުކުރާ ޕްރޮގްރާމެކެވެ.
އައިސް ޓީވީން ބުނީ, މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ސްކްރީނުން ފެންނަ މަޝްހޫރު ސޫރައިގެ ފުރަގަހުގައިވާ އަސްލު އިންސާނާގެ ޝަހްސިއްޔަތު ދެނެގަނެ، ބެލުންތެރިންނާއި އެ ފަރާތްތަކާ ދެމެދު ގާތް ގުޅުމެއް އުފެއްދުން ކަމަށެވެ.
މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ފެންނާނީ ފިލްމީ ދާއިރާގެ އެކި ރޮނގުތަކުން ގިނަ އެވޯޑުތަކަކާއި ގައުމީ އިނާމު ހޯދާފައިވާ މަޝްހޫރު އަދި ކުޅަދާނަ ފަންނާނު އައިޝަތު ރިޝްމީ ރަމީޒެވެ. އަދި ކުރިއަށް އޮތް އެޕިސޯޑުތަކުގައި ލަވަކިޔުންތެރިޔާ އަޝްފާގެ އިތުރުން އެހެނިހެން ފާހަގަކޮށްލެވޭ މެހެމާނުން ފެންނާނެކަން އައިސް ޓީވީން ފާހަގަކުރިއެވެ.
"މަ" ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 2:30 ގައެވެ. މި ޕްރޮގްރާމްގެ އައު އެޕިސޯޑުތައް ކޮންމެ ހުކުރު ދުވަހެއްގެ މި ވަގުތުގައި އައިސް ޓީވީން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް މީޑިއާނެޓުގެ ޓިވީ ހިދުމަތް ނުވަތަ ފޯން އެޕްލިކޭޝަން ކަމަށްވާ "އެމް ޕްލަސް" މެދުވެރިކޮށް ބެލުންތެރިންނަށް ބަލާލެވޭނެވެ.

2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން
ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން