-8402fff9.png)

ވިއްސާރާގައި ގދ.ތިނަދޫގައި ފެން ބޮދުވެފައި--ފޮޓޯ: ތިނަދޫ ސިޓި ކައުންސިލް
ރޭ ދަންވަރުން ފެށިގެން ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ ގޭގެއަށާއި ސަރުކާރުގެ ބައެއް އޮފީސްތަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައްވެއްޖެއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ އެމްއެންޑީއެފްއާ ސިޓީ ކައުންސިލާ ގުޅިގެން މިހާރު އެރަށުގެ އެކި ސަރަހައްދު ތަކުގައި ފެން ހިންދުމުގެ މަސައްކަތް ފަށައިގެން ކުރަމުން އަންނަ ކަމަށެވެ.
ތިނަދޫގެ ވަރަށް ގިނަ ގެގެއަށް ވަނީ ފެން ވަދެފައެވެ. އަދި ބައެއް ގޭގެގެ ކޮޓަރި ތަކަށް ފެން ވަދެ އެނދާއި ބައެއް ހިފާގެންގުޅޭތަކެއްޗަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތަށް ލިބިފައެވެ. މި ހަދިސާގައި ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލޮ ހޮސްޕިޓަލަށް ވެސް ވަނި ފެންވަދެފައެވެ.
މި ހަދިސާގައި ފެން ވަދެފައި ވަނީ ކިތަށް ގެއަށް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް މިހާރު އެރަށުގެ މަގުތަކުން ފެން ހިންދަން ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިފައިން ވަނީ ހާމަކޮށްފައެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން