-8402fff9.png)
އައިޝަތު ހިދާޔާ

ތިނަދޫ ސިޓީގައި ބަނގުރާ އުފައްދާ, ބަނގުރާ ވިއްކާ ނެތްވޯކެއްގެ އިސް މީހެއްކަމަސް ތުހުމަތުވާ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ, އުމުުރުން 21 އަހަރުގެ ރިހިކޮކާގެ, ގދ. ތިނަދޫ މުހައްމަދު އަފާޒު ބިން އަބްދުﷲއެވެ.
ފުލުހުން ބުނީ, އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. ތިނަދޫ ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި، އޭނާއާ ގުޅުންހުރިކަމަށް ބެެލެވޭ، ތިނަދޫ ފުލެޓެއް ބަލައިފާސްކުރިއިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ތިންހަމާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވާަކމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ބަނގުރާ އުފައްދާ, ވިއްކުމުގެ ތުހުމަތުގައި މިފަހުން ގިނަ އަދަދެއްގެ ބިދޭސީންނާއި ދިވެހިން ފުލުހުން ދަނީ ހައްޔަރުކުރަމުންނެވެ.
މިދިޔަ ހަފުތާގައި މާލޭގައި ބަނގުރާ އުފައްދާ ވިއްކާކަމަސް ތުހުމަތުވާ ނެތްވޯކެއް ވެސް ފުލުހުން ވަނީ ހުއްޓުވާ ހައްޔަރުކޮށްފައެވެ.

3 މަސް ކުރިން

4 މަސް ކުރިން

8 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން
-d1316905.jpg)
1 އަހަރަށްވުރެ ގިނަ ކުރިން