-8402fff9.png)

ތައިލެންޑް-ކެމްބޯޑިއާ ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޒަހަމްވި ތައިލެންޑް ސިފައިންގެ މީހަކު ނެރެނީ (ކްރެޑިޓް: އޭއެފްޕީ)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެގެން މީގެ ކުރިން ޤާއިމްކުރި ސުލްހައިގެ އެއްބަސްވުން ނުރައްކަލަށް ހުށަހެޅި، ތައިލެންޑުން ކެމްބޯޑިއާގެ ސަރަހައްދުގައިވާ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާދީފިއެވެ.
މި ހަމަލާތައް ފެށުމުގެ ޒިންމާ ދެ ޤައުމުން ވެސް އަޅުވަނީ އެއް ޤައުމު އަނެއް ޤައުމުގެ ބޮލުގައެވެ. ރޭ ފެށި މި ހަމަލާތައް ފަތިސްވުމުގެ ކުރިން ވަނީ ވަރުގަދަވެ، އެކި ސަރަހައްދުތަކަށް ފެތުރިފައިވެެވެ. މި ހަމަލާތަކުގައި ތައިލެންޑުގެ ސިފައިންގެ މީހަކާއި ކެމްބޯޑިއާގެ އާންމުންގެ ހަތަރު މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ތައިލެންޑުން ބުނެފައިވަނީ މި ހަމަލާތަކުގެ ބޭނުމަކީ ކެމްބޯޑިއާގެ އަސްކަރީ ޤާބިލުކަން ދިގު މުއްދަތަކަށް ނައްތާލުން ކަމަށެވެ.
"ސިފައިންގެ އަމާޒަކީ އަޅުގަނޑުމެންގެ ދަރިންނާއި ކާފަދަރިންގެ ސަލާމަތަށްޓަކައި، ކެމްބޯޑިއާގެ އަސްކަރީ ޤާބިލުކަން ދިގު މުއްދަތަކަށް ނުކުޅެދުންތެރި ކޮށްލުން،" ތައިލެންޑުގެ އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް ޗައިޕްރުއަކް ޑުއަންގްޕްރަޕަޓް
ތައިލެންޑުން ބުނީ މިއީ ކެމްބޯޑިއާއިން ބަރު ހަތިޔާރު ޖަމާކޮށް ހަނގުރާމައިގެ ޔުނިޓްތައް ރުކުރުވާލަމުންދާތީ ދިން ރައްދު ހަމަލާތަކެއް ކަމަށެވެ. ނަމަވެސް ކެމްބޯޑިއާ އިން ވަނީ ތައިލެންޑުގެ މި ޢަމަލަކީ "ލާއިންސާނީ އަނިޔާވެރި" ޢަމަލެއްގެ ގޮތުގައި ސިފަކޮށް، އެ ޤައުމުން އަދި ރައްދު ހަމަލާއެއް ދީފައި ނުވާނެކަމަށް ބުނެފައެވެ.
ތައިލެންޑުގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް ވިދާޅުވީ ޤައުމުގެ ސަރަހައްދުގެ ދިފާޢުގައި ކުރަންޖެހުނު ކޮންމެ ކަމެއް އޭނާގެ ސަރުކާރުން ކުރައްވާނެ ކަމަށެވެ. ކެމްބޯޑިއާގެ ދިފާޢީ ވުޒާރާއިން ބުނަނީ އެ ޤައުމުގެ ސިފައިން އަދިވެސް ތިބީ ސުލްހައިގެ އެއްބަސްވުމަށް އިޙްތިރާމް ކުރުމުގެ މަތީގައި ކަމަށެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އެގޮތުން ތައިލެންޑުގެ ބޯޑަރު ކައިރީގައި އޮންނަ 5 ޕްރޮވިންސަކުން 438،000 މީހުން ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ.
އަދި ކެމްބޯޑިއާގެ އެތައް ލައްކަ ބަޔަކުވެސް ގެދޮރު ދޫކޮށް ގޮސްފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. ތައިލެންޑުގެ ޓީވީތަކުން ދައްކާ ގޮތުގައި މީހުން ވަނީ ބިންގަރާސްތަކުގައި ރައްކާތެރިކަން ހޯދާފައެވެ. އަދި ވައިގެ ހަމަލާތަކުގެ ސަބަބުން އަރަމުންދާ ދުމުގެ މަންޒަރުތައް ވީޑިއޯތަކުން ފެނެއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން