-8402fff9.png)
ފާތިމަތު މިޝްކާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދެގައުމުގެ ދެމެދުގައި އޮތް ސްޓްރެޓެޖިކް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ގާތުން މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފިއެވެ.
މި އެއްބަސްވުމަށް އައިސްފައިވަނީ ދެގައުމުގެ ދެމެދުގައި ވަގުތީ ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް އިންޑިއާގެ ކޮމާސް މިނިސްޓަރު އެމެރިކާގައި މަޝްވަރާތައް ކުރިއަށްގެންދަވާ ދަނޑިވަޅެއްގައެވެ.
ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރި، ދިފާއީ ކަންކަން، ހަކަތަ އަދި މުހިންމު ޓެކްނޮލޮޖީގެ ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން މުރާޖައާ ކުރެއްވި ކަމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"އިންޑިއާއާއި އެމެރިކާގެ ގުޅުންތައް ކުރިއެރުވުމަށް ދެ ގައުމުން ދޭ ސަމާލުކަން ދެބޭފުޅުން ވެސް ވަނީ ފާހަގަކުރައްވާފަ، މި ގުޅުން އިތުރަށް ފުންކުރުމަށްޓަކައި ދެގައުމުގެ މެދުގައި އޮންނަ މުއާމަލާތްތައް ވަރުގަދަކުރުމަށް އެއްބަސްވެވަޑައިގެންފައިވޭ،" އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކަންކަމާ ގުޅޭގޮތުންނާއި، ދުނިޔޭގެ ސުލްހައާއި އަމާންކަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔަލް ސެޕްޓެމްބަރު 29 އިން އޮކްޓޫބަރު 5 އަށް އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ ދެގައުމުގެ ދެމެދުގައި ހުށަހެޅިފައިވާ ވިޔަފާރީގެ އެއްބަސްވުމާއި ވަގުތީ އިންތިޒާމުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ދެގައުމަށް ވެސް ފައިދާހުރި، ހަމަހަމަ ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން، މިނިސްޓަރު ގޯޔަލް އެމެރިކާގެ ކަމާބެހޭ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އިންޑިއާ ސަރުކާރުން މި ހަފުތާގެ ކުރީކޮޅު ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން