-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

އީ ވޭސްޓް--
ހއ އަތޮޅުގެ އީވޭސްޓް މެނޭޖްކުރުމަށް އެމްއެންޔޫއާ އީ-ވޭސްޓް ކެއާ ޕްރޮޖެކްޓް އާއި ގުޅިގެން އީ ވޭސްޓްއާ ބެހޭ ޕޮރޮޖެކްޓެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
މި ޕްރޮޖެކްޓުގައި ކުރި ދިރާސާތަކުގައި ހިމެނެނީ މާކެޓް އެނެލިސިސްއާއި، އީ ވޭސްޓްގެ ވައްތަރުތަކާއި އީ ވެސްޓް އުފެދޭ ގޮތްތަކެވެ.
ޕްރޮޖެކްޓުގައި އެމްއެންޔޫއިން ގުޅުމުގެ މަޤްސަދަކީ މި މައްސަލައިގެ ހޭލުންތެރިކަން އިތުރުކުރުމާއި ގައުމީ ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތްތްކަށް ހިތަވަރު ދިނުން ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
އެމްއެންޔޫ އިން ބުނި ގޮތުގައި، މި ދިރާސާއިން ހޯދި ހޯދުންތަައް ބޭނުން ކޮށްގެން ހޯރަފުށީގައި އީވޭސްޓް މެނޭޖުންޓް ކުރެވޭ ފަދަ ފެސިިލިޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ އަމާޒުތަކާ އެސްޑީޖީއާ ދިމާވާނެ ކަމަށް ވެސް އެމްއެންޔޫއިން ވަނީ ބުނެފައެވެ.
އަދި މި ރިސާޗުގައި އީވޭސްޓް ރިސައިކަލް ކޮށްގެން ފަހިވާނެ ވިޔަފާރީގެ ފުރުސަތުތަކާއި އެކްސްޕޯޓުކުރުމުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ވެސް ވަނީ އެއްކޮށްފައެވެ.
ހޯރަފުށީގެ އީ ވޭސްޓްގެ މައްސަލަ ބޮޑުވަފައިވާ މި ދަނޑިވަޅުގައި މި ޕްރޮޖެކްޓް ވެގެންދާނީ އެ މައްސަލައައް ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް އެމްއެންޔޫން ދެކެއެވެ.

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

10 މަސް ކުރިން

12 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-6b925eea.jpg)
ގާތްގަނޑަކަށް 2 އަހަރު ކުރިން