-8402fff9.png)
ފާތިމަތު މިޝްކާ

ހޯރަފުއްޓަށް ގެންދިޔަ ޖެނެރޭޓަރު / ފޮޓޯ: ފެނަކަ
ހއ. ހޯރަފުށީގެ ކަރަންޓުގެ ހިދުމަތް ފުޅާކުރުމަށް 1000 ކިލޯވޮޓުގެ އާ ޖަނަރޭޓަރެއް އެ ރަށަށް ފޮނުވައިފި އެވެ.
މި ޖަނަރޭޓަރު ސެޓާއެކު ހޯރަފުށީގެ ކަރަންޓު ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓު އުފައްދާ މިންވަރު އިތުރުވެގެންދާނެ ކަމަށް ފެނަކައިން ބުނެ އެވެ.
މި އައު ޖެންސެޓް ގެނައުމުގެ ކުރިން ހޯރަފުށީ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީއަކީ 2720 ކިލޯވޮޓްކަމަށް ފެނަކައިން ބުނެ އެވެ.
އެހެންނަމަވެސް، މި ޖެންސެޓާއެކު މިހާރު އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 3350 ކިލޯވޮޓަށް އިތުރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
-526cfedb.jpg)
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން