-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

މިނިސްޓާ އޮފް ސިޓީސް، ލޯގަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު ޢުމަރު ދަރަވަންދޫ އެވޯޑުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފިސް
ރާއްޖޭގެ ރަށްތައް ތަރައްގީކުރަންވާނީ އެރަށެއްގެ އަސްލު ސިފަތައް ނުގެއްލޭނެހެން ކަމަށް މިނިސްޓާ އޮފް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް އާދާމ ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓާ މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބ. ދަރަވަންދޫގައި ބޭއްވި މަގޭ ދަރަވަނދޫ އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
''ރަށްތައް ތަރައްގީ ކުރަމުންދާއިރު އެ ރަށެއްގައި ހުންނަ ހާއްސަ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގުން މުހިއްމު'' މިނިސްޓާ ވިދާޅުވިއެވެ.
ކޮންމެ ރަށަކީ ވެސް ވަކި ހާއްސަ ސިފަތަކެއް ލިބިގެންވާ ރަށެއްކަމަށާއި, އޮގުތުން ދަރަވަންދޫ ރައްޔިތުންނަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއް ކަަމަށް މިނިސްޓާގެ ވާހަކައިގާ ވިދާޅުވިއެވެ.
މިިނިސްޓާ ވިދާޅުވީ ރަށްތައް ކުރިއެރުވުމުގައި ލާމަރުކަޒީ ނިޒާމު މުހިންމު ކަމަށެވެ. އަދި އެ ނިޒާމު ފުރިހަމައަށްް ތަންފީޒުކުރެވިގެންދާނީ ރަށުގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވެސް މިނިސްޓާ ވިދާޅުވިއެވެ.

5 މަސް ކުރިން

6 މަސް ކުރިން
6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން