-8402fff9.png)

ޢާއިޝަތު ނުޒުހާ
ލޯކަލް ގަވަމެންޓް މިނިސްޓަރު ކަމުގައިހުންނެވި އާދަމް ޝަރީފާއި އެންވައިރަމެންޓް މިނިސްޓަރު ކަމުގައި ހުންނެވި ތޯރިގް އިބްރާހިމް, ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކެބިނެޓުން އިސްތިއުފާ ދެއްވި މި ދެ ބޭފުޅުން ސަފީރު ކަމަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ފޮނުވައިފައެވެ. އެގޮތުން އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް އައްޔަން ކުރާއިރު, ތޯރިގް އައްޔަން ކުރަނީ ޔޫއޭއީގެ ސަފީރު ކަމަށެވެ.
މި ދެ ބޭފުޅުން އިސްތިއުފާ ދެއްވި ފަހުން ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކޮށްފައެވެ.
މި ބޭފުޅުން އެމްބެސެޑާ ކަމަށް އައްޔަން ކުރުމުގެ މައްސަލަ ވަނީ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.

5 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން