-8402fff9.png)
-d9d2168d.jpg)
ހާއިމް އަހްމަދު ހާޝިމް

ހަކަތަ ބަދަލުކުރުމާ ގުޅޭ ބައިނަލްއަގުވާމީ ސެޝަނުގައި މިނިސްޓަރު ޠާރިޤް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ސަރުކާރު
ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅުން ވަރުގަދަ ކުރުން މުހިންމު ކަމަށް ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހަކަތަ ބަދަލު ކުރުމާ ގުޅޭ ބައިނަލްއަގުވާމީ ސެޝަނެއްގައި ވާހަކަ ދައްކަވަމުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.
ރައީސް އޮފީހުން ބުނީ އެ ސެޝަނުގައި ރާއްޖެ ތަމްސީލު ކުރައްވަމުން މިނިސްޓަރު ދެއްކެވި ވާހަކައިގައި ތިމާވެށި ރައްކާތެރިކުރުމަށާއި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވަރުގަދަ ގުޅުމެއް ބޭއްވުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަ ދެއްކެވިކަމަށެވެ.
މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކާއި އެ ސަރަހައްދެއްގެ މާހައުލާ ހުރި ގުޅުންތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައިގެން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުން ހަލުވިކުރުމާ ގުޅޭގޮތުން މިނިސްޓަރު އަލިއަޅުވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި، ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުމުގެ ނިޒާމުތައް ބަދަލުކުރުމުގައި ހުރި މަގުތަކާއި، ސަރަހައްދީ ފެންވަރުގައި އަވަށްޓެރި ގައުމު ތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މިނިސްޓަރު މަޝްވަރާކުރެއްވިކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް އަމާޒު ހިފާފައިވާކަމަށެވެ.
އެގޮތުން، މި އަމާޒަށް ވާސިލުވުމަށްޓަކައި މިނިސްޓަރު ޠާރިޤް ގެންދަވަނީ ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކޮށް، އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަމަށް ރައީސް އޮފީހުން ފާހަގަ ކުރިއެވެ.
7 މަސް ކުރިން
8 މަސް ކުރިން

11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން