-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަދައްވަނީ-- ފޮޓޯ: ރައިސް އޮފިސް
މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ފުރުސަތު ނުދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ތޯރިގް މިހެން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދު ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. އަދި އެކަން ކުރުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ވިދާޅުވި އެވެ.
"ލޯކަލް ޓޫރިޒަމްގައި ލޯކަލް ރަށްރަށުގައި ޑްރައި ޓޫރިޒަމެއް އޫރުމަހެއް ރަލެއް ހުރެގެން ނުވާނެ. އެއީ އަޅުގަނޑުމެން ސްޓްރެއިޓްކޮށް، ޕޮލިސީ ލެވެލްގައި ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގް މިފަދައިން ވިދާޅުވެފައިވަނީ ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކާއި ވިއްކާ ތަކެތި މީހުން ދިރިއުޅޭ ރަށްރަށުގެ ހޮޓާތަކުން ސަރުކާރުން ވިއްކުން މަނާކޮށްފައި އޮންނަ އޮތުމަކީ ބޭއިންސާފެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.
"މިވަގުތު ވެސް މި ރާއްޖޭގައި ކަންކަން ހަމަޖެހިފައިމިވާގިތުން ރިސޯޓު ފަހަރުގައި ޓުވަރިސްޓުނަށް ދޭ ހިދުމަތްތަކާއި ވިއްކާ ތަކެތި ބޮޑެތި މިހިރަ ހޮޓާތަކުން ނުދެވޭކަން އެއީ ބޭއިންސާފެއް،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅޫވީ ކ. މާފުށި ރީބްރޭންޑް ކުރުމަށް އެރަށުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން