-8402fff9.png)
ހަސަން އިޔާން

އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ވާހަކަދައްކަވަނީ. (ފޮޓޯ: އެންޖެލާ ވައިސް/އޭއެފްޕީ)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ދައުލަތުގެ މުއައްސަސާތައް ހިސާރުކުރުމަށް މުޒާހަރާގެ ބައިވެރިންނަށް ގޮވާލި ގޮވާލުން ކުށްވެރިކޮށްދިނުމަށް އީރާނުން އދ. ގެ ސަލާމަތީ މަޖިލީހުގައި އެދިއްޖެއެވެ.
އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ، ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޓްރަމްޕްގެ ޕޯސްޓަކީ ސިޔާސީ ގޮތުން ގައުމު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލުމަށާއި، އަނިޔާވެރިކަމަށް ހިތްވަރުދީ، އީރާނުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވާ ފަދަ އަމަލެއް ކަމަށެވެ.
ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް' ގައި ވަނީ މުއައްސަސާތައް ހިސާރުކުރުމަށް ގޮވާލާފައެވެ.
"އީރާނުގެ ގައުމީ ލޯބިވެރިންނޭ، މުޒާހަރާ ކުރިއަށް ގެންދޭ. މުއައްސަސާތައް ހިސާރުކުރޭ. އެހީ އަންނަނީ" ޓްރަމްޕް ބުންޏެވެ
ސަފީރު އިރަވާނީ ވިދާޅުވި ގޮތުގައި ޓްރަމްޕްގެ މި ވާހަކަތަކަކީ 2025 ވަނަ އަހަރުގެ ޖޫން މަހު އިޒްރޭލުން އީރާނަށް ދިން 12 ދުވަހުގެ އުދުވާނީ ހަމަލާތަކަށްފަހު، އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އެ ހަނގުރާމައިގައި އީރާނުން 1,000 އެއްހާ މީހުން މަރުވެފައިވެއެވެ.
އީރާނުން ވަނީ އެމެރިކާއާއި އިޒްރޭލުން އީރާނުގެ ދާޚިލީ ކަންކަމާ ބެހުން ހުއްޓާލުމަށް އަމުރުކޮށްދިނުމަށާއި، އެގައުމާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ އަމަލުތައް ހުއްޓުވައިދިނުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލްއަށާއި ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ.
މި ދަނޑިވަޅުގައި އިޒްރޭލުގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ބުނެފައިވަނީ އީރާނުގެ ސަރުކާރު ވެއްޓެންޖެހޭ ކަމަށާއި، ނަމަވެސް މިވަގުތު ބޭނުންވަނީ "ފެންނަން ނެތް އަތަކުން" ކަންކަން ތަރުތީބުކުރުން ކަމަށެވެ.
އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތައް ފެށިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން