-8402fff9.png)
-d9d2168d.jpg)
ހާއިމް އަހްމަދު ހާޝިމް

މ. ކޮޅުފުށި — ފޮޓޯ: އަދަދު
މ. ކޮޅުފުށީގެ ޓީޗަރަަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ދައުވާއެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ އޮފީހުން) ކޮށްފިއެވެ.
ޕީޖީން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވެނީ މ. ކޮޅުފުށި، ސާދާގެ، ޝުޢައިބު ޢަބްދުﷲ އައްކަމަށެވެ.
އޭނާއަށް މި ދައުވާ ކުރީ، މ. އަތޮޅު މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ، އެ ސްކޫލުގެ ދެ ދަރިވަރަކަށް ޖިންސީ ގޯނާކޮށްފައިވާތީއެވެ.
މި މައްސަލައިގައި އޭނާއަށް ކުރީ ޖުމުލަ ފަސް ދައުވާއެއްކަމަށް ޕީޖީން ބުންޏެވެ.
އެއީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުން، އިތުބާރުކުރެވޭ މަަަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ އިތުރުން ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމެވެ.
މީގެ އިތުރުން ޕީޖީން ބުނީ، މި ދައުވާތަކަކީ ޝުޢައިބު ޢަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ ދެ ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި، އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދައުވާތަކެއްކަމަށެވެ.
އެގޮތުން މި ދައުވާތަކުގެ އަދަބެއްގެ ގޮތުން އޭނާއަށް 60 އަހަރުގެ ޖަލުހުކުމެއް އިއްވާނެކަމަށް ޕީޖީން ބުންޏެވެ.

12 ދުވަސް ކުރިން

17 ދުވަސް ކުރިން

26 ދުވަސް ކުރިން
26 ދުވަސް ކުރިން

27 ދުވަސް ކުރިން
3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން