-8402fff9.png)
އައިޝަތު ހިދާޔާ

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއީލްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.
އޭނާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމް މީގެ ކުރިން ވިދާޅުވީ މި މައްސަލައިގެ ތަހުގީގު މިހާރު ގާތްގަނޑަކަށް ނިމިފައި ވާކަމަށެވެ.
އައިމަން ހައްޔަރުކުރީ އޭނާގެ އަމިއްލަ ދަރިފުޅަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރާ ކަމަށް ބުނެ މީސްމީޑިއާގައި ކަންބޮޑުވުންތަކެއް ހާމަކުރުމާ ގުޅިގެން ފުލުހުން އަލުން ތަހުގީގު ފެށުމަށްފަހުއެވެ.
މި މައްސަލައިގައި އަނިޔާލިބޭ ކުއްޖާ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހަންމަލް ކުރަމުންދާ ކަމުގެ ކަންބޮޑުވުން މީސްމީޑިއާގެ ސަމާލުކަމަށް ގެނައީ ޓިކްޓޮކް ތަރި ޝެހެނާޒް މޫސާއެވެ.
މުހައްމަދު އައިމަން އިސްމާއީލަކީ 2011 އިން 2014 އަށް އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރުކަން ކޮށްފައިވާ މީހެކެވެ.

17 ދުވަސް ކުރިން

26 ދުވަސް ކުރިން
26 ދުވަސް ކުރިން

27 ދުވަސް ކުރިން
3 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން