-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މިއީ އަވައްޓެރިންނާ ހަނގުރާމަކުރަންވީ ވަގުތެއް ނޫންކަމުގައި ބުނެ، އެކުވެރި އަރަބި އިމާރާތުން އީރާނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
އެކުވެރި އަރަބި އިމާރާތުގެ ރައީސްގެ ޚާއްސަ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް އީރާނަށް މިއަދު ދެއްވި އިންޒާރުގައި ވިދާޅުވީ، އީރާނުން އަވަށްޓެރި ގައުމުތަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ އެ ގައުމު އެކަހެރިވުމަށް މެދުވެރިވާ ސަބަބެއް ކަމަށެވެ.
އީރާނުން ސަރަހައްދީ ފެންވަރުގައި ފަށާފައިވާ ބަދަލުހިފުމުގެ ކެމްޕޭން ދެވަނަ ދުވަހަކަށް ކުރިއަށްދާއިރު، ގަރްގާޝް ވަނީ އީރާނުގެ އަމަލުތަކަކީ ނުބައި ހިސާބުތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމަށް ސިފަކުރައްވާފައެވެ.
"ގަލްފުގެ ގައުމުތަކަށް އީރާނުން ދެމުންދާ އުދުވާނީ ހަމަލާތަކަކީ ހެދުނު ގޯސް ހިސާބެއް. މީގެ ސަބަބުން ނާޒުކު ދަނޑިވަޅެއްގައި އީރާނު މިވަނީ އެކަހެރިވެފައި. މިއީ އަވަށްޓެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫން،" އޭނާ ބުންޏެވެ.
މީގެ އިތުރުން، މަސްލަހަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި ބުއްދީގެ ބޭނުންކޮށް، އަވަށްޓެރި ގައުމުތަކާއެކު ޒިންމާދާރުކަމާއެކު މުއާމަލާތް ކުރުމަށް ގަރްގާޝް ވަނީ އީރާނަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ އެކަހެރިވުމުގެ ވަށައިޖެހުމާއި ހަމަނުޖެހުންތައް އިތުރަށް ފުޅާވުމުގެ ކުރިން، އީރާނުން އަވަށްޓެރި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
-dcc61562.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން