-8402fff9.png)
ސައިފުﷲ އަލީ
-dcc61562.jpg)
ޔޫއޭއީގެ ދުބާއީން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީގައި ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެއަށް ފޮނުވާލުމުން މިއަދު މާލެ އައިސްފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި އެ ދެ ޕައިލެޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައުމާއެކު ފުލުހުން ވަނީ އެ މީހުންނާ ސުވާލުކޮށް މައުލޫމާތު ސާފުކުރަން ފަށާފައެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވީ އެ ދެ މީހުން އަދި ހައްޔަރުކޮށްފައި ނުވާ ކަމަށާއި، ސުވާލުކޮށް ސާފުކުރަންޖެހޭ މައުލޫމާތުތައް ސާފުކުރުމަށްފަހު ފިޔަވަޅެއް އަޅަން ނިންމައިފިނަމަ އެކަން ހާމަކުރައްވާނެ ކަމަށެވެ.
ފްލައިދުބާއީގައި މަސައްކަތްކުރާ އެ ދެ ޕައިލެޓުން ޔޫއޭއީގައި ހައްޔަރުކުރިކަން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން އެ މީހުންގެ އާއިލާތަކަށް އަންގާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު 170 އަށް ވުރެ ގިނަ ފަސިންޖަރުންނާއި ކްރޫންނާއެކު ދުބާއީން އިޒްރޭލުގެ ތެލް އަވީވަށް ދަތުރުކުރި ބޯޓު ސައުދީ އަރަބިއްޔާގެ މަތިން އުދުހެމުން ދަނިކޮށެވެ.
އެ ބޯޓުގެ ކޯ-ޕައިލެޓް ބޯޓު ކޮންޓްރޯލް ކުރަން އުޅުމުން ފަސިންޖަރުންނާއި ކްރޫން ވަނީ އޭނާ ހިފަހައްޓައި ކޮންޓްރޯލްކޮށްފައެވެ.
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

6 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން