-8402fff9.png)
ސައިފުﷲ އަލީ

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތް ކުރަނީ--
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނު އަސާސީއަށް ގެނައުމަށް މަޖިލީހަށް ގެނައުމަށް ފާސްކޮށްފައިވާ އިސްލާހަށް ގިނަ ބަޔަކު ތާއީދު ކަމަށް "ނުކުތާ"ގެ ޚިޔާލު ހޯދުމުގެ ޕޯލް އިން ދައްކައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ނުކުތާގެ ވެބްސައިޓުގަި ހުޅުވާލި ޕޯލް 48ގަޑިއިރަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މި މުއްދަތުގައި ޖުމްލަ 2458 މީހުން ވަނީ މި ޕޯލްގައި ވޯޓުލައިފައެވެ. އޭގެ ތެރެއިން 1274 މީހުން ބުނެފައިވަނީ އެ ބަދަލު ގެންނަން ފެންނަ ކަމަށެވެ. އެއީ ވޯޓުލީ މީހުންގެ 52 ޕަސެންޓެވެ. ނުފެންނަ ކަމަށް ބުނެފައިވަނީ 1184 މީހުންނެވެ. އެއީ ވޯޓުލީ މީހުންގެ 48 ޕަސެންޓެވެ . ގާނޫނު އަސާސީއަށް ގެންނަ ބަދަލާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މި ޕޯލްގެ އިތުރުން ވެސް، އެ ދުވަހު އޮންނަ އިންތިހާބުގެ މުހިއްމު ރޭސްތަކާމެދު ޚިޔާލު ހޯދުމަށް ނުކުތާގެ ވެބްސައިޓުގައި ވަނީ ޕޯލްތަކެއް ހުޅުވާލާފައެވެ.

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން