-8402fff9.png)

އަޙްމަދު ޝާބިން

ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ސިޔާސީ ގޮތުން ގެއްލުންވާ ގޮތަށް ނަމަވެސް، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގައުމަށްޓަކައި ނުހަމު ބޭނުންތެރި ކަމެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ދިމާކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ނިންމާފައެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ބަދަލަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި އިންތިހާބުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮންނަ އިޖްތިމާއީ ގުޅުން ހީނަރުވިޔަ ނުދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، މިހާރު ގާނޫނުތައް އޮތްގޮތުން އެހެން ވެރިކަމެއް އަތުވެއްޖެނަމަ، މިހާރު އޮތް ޕީއެންސީގެ ސުޕާމެޖޯރިޓީ ބޭނުންކޮށްގެން އެ ރައީސަކު މަގާމުން ދުރުކުރުމުގެ ބާރު އޮންނާނެ ކަމަށެވެ. ނަމަވެސް، ދެ އިންތިހާބު އެއްކޮށްލުމުން އެ ބާރު ރައީސް ދޫކޮށްލައްވަނީ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބަދަލުގެ ސަބަބުން މިހާރު ތިއްބެވި މަޖިލިސް މެންބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހަމަހުގެ މުސާރައާއި ބާރުވެސް އެ ބޭފުޅުން ދޫކޮށްލައްވަނީކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ތާއީދުވެސް ކުރިން މިކަމަށް އޮތް ކަމަށެވެ. ނަމަވެސް މިހާރު އެ ބޭފުޅުން މިކަމާ ދެކޮޅު ހައްދަވަނީ ހަމައެކަނި ސިޔާސީ ބޭނުމެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

3 ދުވަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން