-8402fff9.png)

ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ނުވަ ބޭފުޅަކު މަގާމުން ވަކިވެވަޑައިގެންފިއެވެ.
މީގެ ތެރޭގައި ހިމެނެނީ އަމިއްލައަށް އިސްތިއުފާ ދެއްވި ހަ ވަޒީރުންނާއި، މަގާމުން ވަކިކުރެއްވި ތިން ވަޒީރުންނެވެ. މި ބަދަލާއެކު، ޖުމްލަ 20 ވަޒީރުން ތިއްބަވާ ކެބިނެޓުގައި މިހާރު ބާކީ ތިއްބެވީ 11 ވަޒީރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެއްވި ތިން ވަޒީރުންނަކީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އާއި، ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމަންޓް ވަޒީރު ޑރ. އައިޝަތު ޝިހާމް އަދި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.
މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން، އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ނާޒިމް، ޔޫތު މިނިސްޓަރު އިބްރާހިމް ވަޙީދު އަސްވާޑް، ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު އެވެ.
ވަޒީރުންގެ އިތުރުން ރައީސް އޮފީހުގެ އިސް މަގާމުތަކަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމުގައި ހުންނެވި އަލީ އާރިފް އިއްޔެ ވަނީ އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް ވެސް މަގާމުން ވަކިކުރެއްވި ކަމުގެ ޚަބަރުތައް ދަނީ ފެތުރެމުންނެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
-2abff338.jpg)
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން