-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
މި ބޭފުޅުން ހުށަހެޅުއްވި އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ޤަބޫލުފުޅު ކުރައްވާފައެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ބަދަލަކީ ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ގެނެވުނު ބަދަލެކެވެ. މަޤާމުން އިސްތިއުފާ ދެއްވި 10 ވަޒީރުން މިވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދު އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި، ފޮރިން މިނިސްޓަރު ޑޮކްޓަރ ޢަބްދުﷲ ޚަލީލާއި، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހީމެވެ.
މީގެ އިތުރުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، ދިވެހި ލެންގުއޭޖް މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމާއި، އެގްރިކަލްޗަރ މިނިސްޓަރު ޑޮކްޓަރ މަރްޔަމް މާރިޔާ އަދި ޔޫތު މިނިސްޓަރު އިބްރާހީމް ވަޙީދު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރާއި، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ވެސް މި ލިސްޓުގައި ހިމެނިވަޑައިގަންނަވައެވެ.
މި ބޮޑު ބަދަލާއެކު ސަރުކާރުގެ ކެބިނެޓަށް އަންނާނެ އާ ބަދަލުތަކާއި، މި މަޤާމުތަކަށް ދެން އައްޔަނު ކުރައްވާނެ ބޭފުޅުންނާ ގުޅޭ މަޢުލޫމާތު ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހާމަކުރާނެއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
-2abff338.jpg)
3 މަސް ކުރިން

3 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން