-8402fff9.png)

ޢާއިޝަތު ނުޒުހާ

އަލަށް ހުވާކުރި މާލެ ސިޓީ ކައުންސިލުގެ މެންބަރުން -- ފޮޓޯ: ސިޓީ ކައުންސިލު
ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އާ ދައުރުގެ މެންބަރުން މަގާމުގެ ހުވާކޮށްފިއެވެ.
މުޅި ރާއްޖޭގައި އެއް ވަގުތެއްގައި ބޭއްވި ރަސްމިއްޔާތުގައި މިއަދު ވަނީ ކައުންސިލްތަކުގެ 662 މެންބަރަކު މަގާމުގެ ހުވާ ކުރައްވައިފައެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެފައިވާ ގޮތުގައި ކައުންސިލްތަކަށް 678 މެންބަރުން ހޮވަން ޖެހޭއިރު މިހާތަނަށް އިންތިހާބު ކުރެވިފައިވަނީ 673 މެންބަރުންނެވެ. އޭގެ ތެރެއިން ވެސް 11 މެންބަރަކު މިއަދު ހުވާ ނުކުރައްވައެވެ.
އަންހެނުންގެ މަސައްކަތް ކުރާ ކޮމިޓީއަށް މިހާތަނަށް 678 މެންބަރުންގެ ތެރެއިިން އިންތިހާބު ކުރެވިފައިވަނީ 677 މެންބަރުންނެވެ. އޭގެ ތެރެއިން 676 މެންބަރުން ވަނީ މިއަދު މަގާމުގެ ހުވާ ކުރައްވައިފައެވެ.
ބައެއް ކައުންސިލްތަކުގެ މެންބަރުން ހުވާ ކުރެއްވި ސަބަބެއް ހާމަކޮށްފައިނުވާއިރު, ދ, މީދޫ ރައީސްގެ ގޮނޑިއާއި 11 ޑަބްލިޔުޑީސީ ގޮނޑިއެއްގެ އިންތިހާބުތައް ބޭއްވުމުގެ މަސައްކަތް އީސީން އަންނަނީ ކުރަމުންނެވެ.

5 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން
-4c3b89c6.jpg)
7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން