-8402fff9.png)
1447 ވަނަ އަހަރުގެ ހައްޖަށް ރާއްޖެއިން މައްކާއަށް ފުރި ހައްޖުވެރިން ވެލާނާ އެއާޕޯޓުގައި -- ނުކުތާ ފޮޓޯ: އިބްރާހިމް ނާއިޝް
މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ފުރާ ފަހު ފްލައިޓު މިއަދު ހެނދުނު ފުރައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި އެ ފްލައިޓުގައި ހައްޖުވެރިން ފުރާފައިވަނީ މިއަދު ހެނދުނު 09:35 ގައެވެ. އެ ފްލައިޓުގައި 253 ހައްޖުވެރިއަކު ވަނީ ސައުދީއަށް ފުރާފައެވެ.
މިއަދުގެ ގްރޫޕު ސައުދީއަށް ފުރާފައިވަނީ މޯލްޑިވިއަންގެ ފްލައިޓުގައެވެ. މިއީ މޯލްޑިވިއަންއިން މި އަހަރުގެ ހައްޖު މޫސުމާ ދިމާކޮށް ހައްޖުވެރިން ގޮވައިގެން ސައުދީއަށް ދިޔަ ދެވަނަ ފްލައިޓެވެ.
ޖުމްލަ 1،000 މީހުން މި އަހަރުގެ ހައްޖަށް ވެސް ފުރިއިރު، މި އަހަރު ރާއްޖެއިން ހައްޖަށްދިޔަ ފުރަތަމަ ގްރޫޕް ފުރާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންގޮސްފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓުންނާއި ސައުދީ އެއާލައިނުގެ ދެ ފްލައިޓުންނެވެ.
އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިފަހަރުވެސް ހައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިދީފައެވެ. މިފަހަރުވެސް ޙައްޖުވެރިންނަށް މައްކާ ރޫޓުގެ ޚިދުމަތް ލިބޭއިރު، ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަންޖެހޭނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-b5f03ed3.jpg)
3 މަސް ކުރިން

5 މަސް ކުރިން
-498f12e9.jpg)
5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން