-8402fff9.png)
އައިޝަތު ހިދާޔާ

އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. ޝަހީމް -- އިސްލާމިކް މިނިސްޓްރީ
ހައްޖަށް ދިއުމަށް ފައިސާ ދެއްކިތާ ތިން އަހަރު ވެފައިވާ, އުމުރުން 70 އަހަރުގެ ހުރިހާ މީހުން އަންނަ އަހަރު ހައްޖަށް ފޮނުވަން ނިންމާފައި ވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ, ހައްޖު ކޯޕަރޭޝަނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
"ފައިސާ ދެއްކިތާ ތިން އަހަރުވެފައި ތިބި, އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތަކަށް 1448 ވަނަ އަހަރު (އަންނަ އަހަރު) ހައްޖަށް ދެވޭނެ," ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, މިފަދައިން ހައްޖަށް ފޮނުވާ މީހުންގެ ތެރޭގައި ގާތްގަނޑަކަށް 324 މީހުން ހިމެނޭކަމަށެވެ. އަދި މިމީހުންގެ ތެރޭގައި ހިމެނޭ އުމުރުން 75 އަހަރުން މަތީގެ މީހުންނަށް އެހީތެރިއެއް ވެސް ލިބޭނެކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
އެހެންކަމުން މި ކެޓަގަރީއަށް ޖުމުލަ 410 ކޯޓާ ކަނޑައަޅާފައި ވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ ގާތްގަނޑަކަށް އަންނަ އަހަރު ރާއްޖެއަށް ލިބޭ ކޯޓާގެ 32 ޕަސަންޓު," ވަޒީރު ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ, އަންނަ އަހަރުން ފެށިގެން ހައްޖު ކޯޓާދޫކުރާއިރު, އުމުރަށް އަންނަ ބަދަލުތަކާ ގުޅިގެން އިސްކަންދޭނެ ތަރުތީބެއް ގެންގުޅުމަކީ ހައްޖު ކޯޕަރޭޝަންގެ ސިއްޔާސަތެއް ކަމަށެވެ. މިކަން މިގޮތަށް ކުރުމުން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުން ކަނޑައަޅާފައި އޮންނަ ގޮތުގެ މަތިން އިސްކަން ދެވި, ހައްޖު ކިޔުގެތެރޭގައި ހުރި ނުތަނަވަސްކަން ވަރަށް ބޮޑަށް ފިލައިގެން ދާނެކަމަށެވެ.
މިކަމާގުޅޭ އިތުރު މައުލާމު ހިއްސާކުރައްވަމުން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ, މިވަގުތު ހައްޖަށް ދިއުމަށް ކިޔުގައި 14,000އެއްހައި މީހުން އެބަތިބި ކަމަށެވެ. އޭގެތެރޭގައި 70 އަހަރާއި 75 އަހަރާ ދެމެދުގެ 456 މީހުން އެބަތިބި ކަމަށާއި 75 އަހަރާއި 80 އަހަރާ ދެމެދުގެ129 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި 80 އަހަރުން މަތީގެ 53 މީހުން މިހާރު ކިޔުގައި އެބަތިބިކަމަށް އޭނާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
-b5f03ed3.jpg)
3 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން
6 މަސް ކުރިން

6 މަސް ކުރިން
6 މަސް ކުރިން

7 މަސް ކުރިން