-8402fff9.png)
-0fdf7781.webp)
މި އަހަރުގެ ޖަނަވަރީ މަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން ބުނެފިއެވެެ.
ޑީޕީއީން ބުނީ އެސްއެސްސީ އަދި ކެމްބްރިޖް އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ މިއަދު މެންދުރު 12:00 އިން ފެށިގެން ލިބޭނެ ކަމަށެވެ.
އެ އިދާރާއިން ބުނާ ގޮތުގައި އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ދޫކުރާނީ އައިޑީކާޑު ގެންދިއުމުންނެވެ. ބަދަލުގައި މީހަކު ފޮނުވާ ނަމަ، ދަރިވަރުގެ އައިޑީކާޑާއި ހަވާލުވާ މީހާގެ އައިޑީކާޑު ގެންދަންޖެހޭނެކަމަށް ވެސް ބުނެއެވެ.
އެސްއެސްސީ އާއި ކެމްބްރިޖު އައިޖީސީއެސްސީ އިމްތިހާނުގައި 267 ސެންޓަރަކުން 8،218 ދަރިވަރުން މި އަހަރުގެ ބައިވެރިވިއެވެ. މާލޭގައި އިމްތިހާންތައް ކުރިއަށް ގެންދިޔައީ 21 ސެންޓަރެއްގައެވެ. އަދި އަތޮޅުތަކުގެ 246 ސެންޓަރެއްގައެވެ.
މި އަހަރުގެ ޖަނަވަރީ މަހު އޯލެވެލް ހެދީ މި އަހަރު އޯލެވެލް ހަދާ ފުރަތަމަ ބެޗުގެ ދަރިވަރުންނެވެ. މި ދިރާސީ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން މި އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އޯލެވެލް އިމްތިހާނުގައި އިށީންނާނެއެެވެެ.
ސަރުކާރުން މިދިޔަ އަހަރު ވަނީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭ ގޮތަށް ބަދަލުކޮށް، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ވެސް ނިންމައިފ އެވެ. އެއީ ދިވެއްސާއި އިސްލާމާއި އިނގިރޭސި އަދި ހިސާބެވެ.