-8402fff9.png)

އަހްމަދިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް --
އޯލެވެލްއާއި އޭލެވެލް އިމްތިހާނުގެ ފޭކު ސަނަދުތަކެއް ދައުރުވަމުންދާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެ އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އޮތޯރިޓީގެ ސަމާލުކަމަށް އެ ކަން އައުމުން އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖެހޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މަތީ ތައުލީމު ފޯރުކޮށްދޭ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުންނަށް ކޯސްތަކުގައި ފުރުސަތު ދިނުމުގައި ހުށަހަޅާފައިވާ ސަނަދުތަކަކީ ސައްހަ ސަނަދުތަކެއް ކަން ކަށަވަރު ކުރުމަށް އިތުރަށް ސަމާލު ކަމެއް ދިނުމަށް ކޮލިފިކޭޝަން އޮތޯރިޓީން އެދިފައިވެއެވެ.
-0fdf7781.webp)
6 މަސް ކުރިން

10 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން