-8402fff9.png)
މިރާޝް މޫސާ
-cc2d8ab9.jpeg)
ގަވައިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 15،601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން އިއްޔެ ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންގައި ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް ފެނިފައިވެއެވެ.
މިއީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަށްފަހު، ކަސްޓަމްސްއިން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނައިރު، މި ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި ޖުމްލަ 22،309 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ. އޭގެ ތެރޭގައި މިދިޔަ ބުދަ ދުވަހު އަތުލައިގަތް 5،600 ކާޓްރިޖާއި، އާދިއްތަ އަދި ހޯމަ ދުވަހު އަތުލައިގަތް 1،108 ކާޓްރިޖާއި 27 ޑިވައިސް ހިމެނެއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން
-d60dc2f9.jpeg)
4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން
-9814aa1a.jpg)
6 މަސް ކުރިން