-8402fff9.png)

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން 5،600 ވޭޕް ކާޓްރިޖް އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވުމުން މާލޭ ކޮމާޝަލް ހާބަރުގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ.
އެގޮތުން މި އޮޕަރޭޝަންގައި “ޖެނެރަލް ކާގޯ” ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
މި އޮޕަރޭޝަންގައި ޖުމްލަ 5،600 ވޭޕް ކާޓްރިޖް ހޯދައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވި އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވޭޕް ބޭނުންކުރުން މަނާކުރީ 2024 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެއާއެކު ރާއްޖެއަށް ވޭޕް އެތެރެކޮށްފި ނަމަ އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓު އަދި ވޭޕްގެ ބާވަތަކަށް 10،000 ރުފިޔާ އިން ޖޫރިމަނާކުރާނެއެވެ. މީގެ އިތުރުން ވޭޕް ބޭނުންކުރުމަށް ބޭނުންކުރާ ބާވަތްތަކާއި އެކަމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
ދުންފަތް ބޭނުންކުރުމަށް މިފަދަ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. މީގެއިތުރުން ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ ޖުރިމަނާ އަދި ހިލޭ ބަހާއިފިނަމަ 10،000 ރުފިޔާއިން ޖުރިމަނާކުރެވޭނެއެވެ. އަދި ދުންފަތުގެ ބާވަތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ 50،000 ރުފިޔާއިން ޖުރިމަނާކުރެވޭނެއެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން
-d60dc2f9.jpeg)
4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން