-8402fff9.png)
އައިޝަތު ހިދާޔާ

މި. ދިއްގަރު, ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުން އިސްނަގައިގެން ކޮންމެ އަހަރަކު ބާއްވާ "ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖު" ގެ ފޯރިގަދަ ފައިނަލް މެޗުގައި މާދަމާ ރޭ ޑީ ސީ ޖޭ ސްޕޯޓްސް ކްލަބް (ޑީސީޖޭ) އާއި ޕާކް ފުޓްބޯލް ކްލަބް (ޕާކް އެފްސީ) ބައްދަލުކުރާނެއެވެ.
މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ، 21:00 ގައެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ސީދާ ޖާގައެއް ކަށަވަރުކުރީ ޑީސީޖޭ ސްޕޯޓްސް ކްލަބެވެ. އެޓީމަކީ ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދިޔަ ހަމައެކަނި ޓީމެވެ. ގްރޫޕް ސްޓޭޖުގައި 18 ގޯލުގެ ފަރަގެއް އެޓީމުން ވަނީ ނެރެފައެވެ. އަދި މިދިޔަ އަންގާރަ ދުވަހު ކުޅުނު ގްރޫޕް މެޗުގައި ޕާކް އެފްސީގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެ ޓީމު ވަނީ ކުރި ހޯދާފައެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި 29 ޖުލައިގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗު ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ހޯދީ ޕާކް އެފްސީ އެވެ. ސެމީ ފައިނަލުގައި ކްލަބް އަލިއާންޒާއާ ދެކޮޅަށް ކުޅުނު މެޗު ޕާކް އެފްސީން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދާފައިވަނީ ޕާކް އެފްސީގެ ޖާޒީ ނަންބަރު 10، އިބްރާހީމް ރިމާހް އެވެ.
މިހާތަނަށް މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެމްނެ ކުރީގައި އުޅެނީ ޑީސީޖޭގެ އަލީ ހާފިޒް އެވެ. އޭނާ ވަނީ މިހާތަނަށް 9 ގޯލު ކާމިޔާބުކޮށްފައެވެ. ދެވަނައިގައި 5 ގޯލާއެކު ކްލަބް އަލިއާންޒާގެ އިބްރާހީމް އަރުޝާން ނާޝިދު އާއި ޕާކް އެފްސީގެ އިބްރާހީމް ރިމާހް ހިމެނޭއިރު، 3 ގޯލާއެކު ޑީސީޖޭގެ މުހައްމަދު އަލީ އާއި ޕާކް އެފްސީގެ އައްމާރު ބިން އާސިފް ވެސް ލިސްޓުން ޖާގަ ހޯދާފައިވެއެވެ.
މިއީ މި މުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ, ޓީމް އިފްހާމްސްއިންނެވެ. މިދިޔަ އަހަރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަބްދުالله ޖުނައިދުއެވެ.
މިއަހަރުގެ ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ދިއްގަރު ކައުންސިލެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިލޯއެވެ. އަދި މުބާރާތުގެ ގޯލްޑް އަދި ސިލްވާ ސްޕޮންސަރަކީ އަގީގާ މޯލްޑިވްސް އަދި ބީއެމްއެލް, ރައްޓެހި އިން ރަކީދޫ.