-8402fff9.png)
އައިޝަތު ހިދާޔާ

މި. ދިއްގަރު, ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުން އިސްނަގައިގެން ކޮންމެ އަހަރަކު ބާއްވާ "ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖު", ޑީސީޖޭ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.
ރޭ ކުޅުނު މި ފޯރިގަދަ މެޗުގައި ބައްދަލުކުރީ ޑީ ސީ ޖޭ ސްޕޯޓްސް ކްލަބް (ޑީސީޖޭ) އާއި ޕާކް ފުޓްބޯލް ކްލަބް (ޕާކް އެފްސީ) އެވެ. މި މުބާރާތް ޑީސީޖޭއިން ކާމިޔާބުކުރީ ހަތެއް އެކެއްގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޑީސީޖޭގެ މުހައްމަދު އަލީއެވެ. އަދި މުޅި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށްހޮވިފައި ވަނީ ޑީސީޖޭގެ އަލީ ހާފިޒެވެ.
މުޅި މުބަރާތުގެ އެންމެ ގިނަ ގޯލް ޖެހީޑީސީޖޭއަށް ނިސްބަތްވާ އަލީ ހާފިޒެވެ. އޭނާ ވަނީ މި މުބާރާތުގައި 13 ގޯލް ޖަހައިފައެވެ. މި މުބާރާތުން ރައިޒިން ސްޓާ އޮފް މީމުގެ މަގާމު ލިބުނީ ކްލަބް އަލިއަންޒާގެ ޖާޒީ ނަމްބަރު 2 އަބްދުالله ހުޒާމަށެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އަލީ ހާފިޒާއި ޑިސޭޖޭގެ ޖާޒީ ނަމްބަރު 8 އިބްރާހީމް އަސްވަދު އާއީ އެ ޓީމުގެ ޖާޒީ ނަމްބަރު 1 މުހައްމަދު ޝަޔާން އަދި ޕާކް އެފްސީގެ ޖާޒީ ނަމްބަރު 10 އިބްރާހީމް ރިމާހް އަދި ޕާކް އެފްސީގެ ޖާޒީ ނަމްބަރު 9 އިސްމާއީލް ޒަޔާން ވެސް ހިމެނިފައި ވެއެވެ.
މި މުބާރަތުގެ ތިންވަނައަށް ގޮސްފައިވަނީ ޕާކް އެފްސީ އަދި ކްލަބް އަލިއަންޒާ ބައްދަލުކުރި މެޗުން ބަލިވި ކްލަބް އަލިއަންޒާއެވެ.
މިއީ މި މުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ, ޓީމް އިފްހާމްސްއިންނެވެ. މިދިޔަ އަހަރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަބްދުالله ޖުނައިދުއެވެ.
މިއަހަރުގެ ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ދިއްގަރު ކައުންސިލެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މައިލޯއެވެ. އަދި މުބާރާތުގެ ގޯލްޑް އަދި ސިލްވާ ސްޕޮންސަރަކީ އަގީގާ މޯލްޑިވްސް އަދި ބީއެމްއެލް, ރައްޓެހި އިން ރަކީދޫ.