-8402fff9.png)
އައިޝަތު ހިދާޔާ

ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައިދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ދިޔާނާއަށް މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަުދ މުއިއްޒު ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އީޔޫ އަދި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ. މި މަގާމުތަކަށް ދިޔާނާގެ ނަން ފޮނުއްވުމުގެ ކުރިން، ޚާރިޖީ ވުޒާރާގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އޭނާ ވަނީ އައްޔަންކުރައްވާފައެވެ. މި މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އޭޕްރިލް މަހުއެވެ.
ދިޔާނާ ވަނީ ޝަރުއީ ދާއިރާއިން ތައުލީމު ހާސިލްކުރައްވާފައެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 2008ވަނަ އަހަރު ދިޔާނާ ވަނީ އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ 18 މޭ 2009ގައެވެ.
އަދި ސައުތް އޭޝިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައިވާ އެންވޯއީގެ މަގާމާއި ސާކްގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ދިޔާނާ އަދާކުރެއްވިއެވެ. އަދި ރައީސް ނަޝޫދަށްފަހު ވެރިކަން ކުރެއްވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އޭނާ ވަނީ ޖެންޑާ މިނިސްޓަރުކަން ކުރައްވާފައެވެ.

4 މަސް ކުރިން
-6e93152e.jpeg)
5 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން