-8402fff9.png)
ފާތިމަތު މިޝްކާ

ދިޔާނާ
ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާއި ބެލްޖިއަމްގެ ސަފީރުކަމަށް ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
އީޔޫ އަދި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މި މަހުގެ 7 ވަނަ ދުވަހު އެވެ.
ޚާރިޖީ ކޮމިޓީއިން ދިޔާނާގެ ނަން ދިރާސާކުރައްވައި މަޝްވަރާކުރެއްވުމަށްފަހު، މަޖިލީހުގެ ތަޅުމުގައި ދިޔާނާއަށް ރުހުން ދިނުމަށް ވޯޓަށް އެހުމުން 52 މެމްބަރުންގެ އިއްތިފާގުން އޭނާގެ ނަން ވަނީ ފާސްވެފަ އެވެ.
މި މަގާމުތަކަށް ދިޔާނާގެ ނަން ފޮނުއްވުމުގެ ކުރިން، ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް އޭނާ ވަނީ އައްޔަންކުރައްވާފައެވެ. މި މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އޭޕްރިލް މަހުއެވެ.
ދިޔާނާ ވަނީ ޝަރުއީ ދާއިރާއިން ތައުލީމު ހާސިލްކުރައްވާފައެވެ. ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 2008ވަނަ އަހަރު ދިޔާނާ ވަނީ އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ 18 މޭ 2009ގައެވެ.
އަދި ސައުތް އޭޝިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައިވާ އެންވޯއީގެ މަގާމާއި ސާކްގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ދިޔާނާ އަދާކުރެއްވިއެވެ. އަދި ރައީސް ނަޝޫދަށްފަހު ވެރިކަން ކުރެއްވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އޭނާ ވަނީ ޖެންޑާ މިނިސްޓަރުކަން ކުރައްވާފައެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން